އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ބޮޑުވަޒީރު މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25-26 އަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރަށްވާނެ ކަމަށާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހު ކުރުމާއި، އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
“މި ދަތުރާއި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ކަމެކެވެ.” ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.
މިއީ މިވެރިކަމުގައި ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު