ޓީއެމްއޭގެ ސީޕްލޭނެއް
ޓީއެމްއޭގެ ސީޕްލޭނެއް
ޓްރާންސް މޯލްޑިވިއަން އެއާލައިންސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމާފައިވަނިކޮށް، މުސާރަ އެއްކޮށް ޑޮލަރުން ދޭން އެ ކުންފުނިން ނިންމައިފިއެވެ.

ޓީއެމްއޭގެ ޕައިލެޓުންނަށް މިހާތަނަށް މުސާރަ ދެމުން އައީ މުޅިން ވެސް ޑޮލަރުންނެވެ. އެ އަދަދު މި މަހުން ފެށިގެން މަދުކޮށް، 20 އިންސައްތަ މުސާރަ ދިވެހި ރުފިޔާއިން ދޭން ނިންމުމުން ބައެއް މުވައްޒަފުން އެއްވެ، އަންނަ ހޮނިހިރު ދުވަހު އިހުތިޖާޖު ކުރަން ނިންމިއެވެ. އެގޮތުން އެ މުވައްޒަފުން ނިންމީ ސީޕްލޭން ދަތުރުތައް މެދުކަނޑާލުމަށެވެ.

ނަމަވެސް މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމިކަން އިއުލާން ކުރުމުން ޓީއެމްއޭއިން މިހާރު ވަނީ ނިންމުން ބަދަލުކޮށްފައެވެ.

އެގޮތުން ޓީއެމްއޭގެ ސީއީއޯ އުސާމާ ފައުޒީ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ބުނީ، ކުރިން އެ ކުންފުނިން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޓީއެމްއޭއިން މ،ުވައްޒަފުންގެ މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދޭން ނިންމީ ސަރުކާރުގެ ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު