މިނިސްޓަރ ހައިދަރު އާއި މިނިސްޓަރ އިހުސާން،
މިނިސްޓަރ ހައިދަރު އާއި މިނިސްޓަރ އިހުސާން،
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަޙްމަދު އަދި ހޯމް މިނިސްޓަރު، ޢަލީ އިހުސާނާ ދެމެދު ބޭއްވުނު ބައްދަލުވުމެކެވެ.

ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްތަކުގައި އެ ދެ މިނިސްޓްރީން ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، ލޭބަރ އިންސްޕެކްޝަންގެ މަސައްކަތްތަށް ހަރުދަނާ އިންތިޒާމަކާއިއެކު ކުރިއަށްގެންދިޔުމަށް ދެ މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައި ވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި ހޯމް މިނިސްޓްރީން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް