ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ހެނދުނު ނ. މަނަދޫ ގައި ބޭއްވި ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަނަދޫއަށް ރައީސް މުޢިއްޒު ވަޑައިގެންފައިވަނީ ނ. އަތޮޅުގެ 13 ރަށަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް އާއި އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ (ރިޓަޔަރޑް) ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.
މި ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއެވެ.

ކިޔުންތެރިންގެ ހިޔާލު