ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިދިޔަ އެޕްރިލް މަހުގެ 30 ވަނަ ދުވަހަށެވެ. ލޯނަށް 1338 ދަރިވަރުން ހުށަހެޅިއިރު، މީގެ ތެރެއިން ލޯނަށް ޝަރުތު ހަމަވެފައިވަނީ 806 ދަރިވަރުންނެވެ.

ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކޮށްފައެވެ.

އެކްސްގައި މިރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް (806 ދަރިވަރުން) ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ދަންނަވާފައިވާ ކަމަށެވެ.



ސްޓޫޑެންޓް ލޯން ލިބޭ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ޑިޕްލޮމާ، ބެޗްލާސް، މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު