ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ޝަރަފްވެރި މެހެމާނެއްގެ ޙައިސިއްޔަތުން މިފަހަރު ބައިވެރިވެ ވަޑައިގަންނަވާނީ ބޮޑުވަޒީރު މޯދީއެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ހަމަޖެހިފައެވެ. އަދި، އެ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރަށްވަން ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭގޮތުން އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅުގައި މެރިޓައިމް ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފައިވާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒު މަޝްވަރާ ކުރަށްވާނެ ކަމަށެވެ.
މިއީ އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރަށްވާ ރަސްމީ ތިން ވަނަ ޒިޔާރަތެވެ.

Day after tomorrow, 25th July, I will be in the Maldives at the invitation of the President Dr. Mohamed Muizzu. I am honoured to be taking part in the 60th Independence Day celebrations of the Maldives. This year we also mark 60 years of India-Maldives diplomatic relations. The…
— Narendra Modi (@narendramodi) July 23, 2025
ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ހަމަޖެހިފައެވެ. އަދި، އެ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރަށްވަން ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭގޮތުން އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުފުޅުގައި މެރިޓައިމް ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފައިވާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒު މަޝްވަރާ ކުރަށްވާނެ ކަމަށެވެ.
މިއީ އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރަށްވާ ރަސްމީ ތިން ވަނަ ޒިޔާރަތެވެ.
ކިޔުންތެރިންގެ ހިޔާލު