ސިނާއީ ބޭނުމަށް ތިލަފުށިން ބިން ދޫކުރަން ނެރުނު އިއުލާން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލް ކޮށްފިއެވެ.
އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ ތިލަފުށީގެ ބިމުގެ ޖާގަ އޮތް މިންވަރަށް ބަލައި، ތިލަފުށި މާސްޓަޕްލޭނާއި އެ ކުންފުނީގެ އުސޫލުތަކުގައިވާ ގޮތުގެ މަތިން އެ ރަށުން ބިން ކުއްުޔަށް ދޫކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހާއި 14 ވަނަ ދުވަހު ކޮށްފައިވާ އިއުލާންތައް މިހާރު ބާތިލް ކޮށްފައިވާ ކަމަށެވެ.
އެ އިއުލާންތައް ބާތިލުކުރަން ޖެހުނީ، ތިލަފުށިން އިތުރަށް ބިން ހިއްކައި، ތިލަފުށީގެ މާސްޓަޕްލޭނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަން ޖެހުމާ ގުޅިގެން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެހެންވެ، ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ކުރި އިއުލާންތަކާ ގުޅިގެން އެކި ފަރާތްތަކުން އެ ކުންފުންޏަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކާއި އެ ފަރާތްތަކަށް ފޮނުވާފައިވާ އޮފާތައް ބާތިލްކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެޗްށީސީއަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް އެ ކުންފުނިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު