ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މަގޫދޫ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.
ނ. މަގޫދޫ ބަނދަރު ހުޅުވާފައި މިވަނީ އަޕްގްރޭޑް ކުރުމަށްފަހުގައެެވެ. މި ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަޝްފޫއު ހަވާލުކޮށްފައިވަނީ 34،497،261.45 ރުފިޔާގެ އަގަށް 365 ދުވަހުގެ މުއްދަތެއްގައި ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކޮށް 172 މީޓަރުގެ ކީވޯލް (ވާޓަރު) ޖެހުމާއި، 253 މީޓަރުގެ ބޭރު ތޮށި ޖެހުމާއި، 364 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓާއި، މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
ބަނދަރުގެ މަސައްކަތް ނިމިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު 23 ގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މަގޫދޫގައި ގާއިމްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބުދުﷲ ރާފިޢުއެވެ.

ކިޔުންތެރިންގެ ހިޔާލު