ދިޕިކާ ޕަޑުކޯން
ދިޕިކާ ޕަޑުކޯން
ބޮލީވުޑްގެ މަޝްހޫރު ތަރި ދިޕިކާ ޕަދުކޯން ސަންދީޕް ވަންގާގެ ފިލްމު "ސްޕިރިޓް" ދޫކޮށްލީ، އަޓްލީގެ ކުރިއަށް އޮތް ފިލަމަށް ވަގުތު ހުސްކުރުމަށް ކަމަށް ހާމަވެއްޖެއެވެ.

މީގެ ކުރިން ނެރެފައިވާ މީޑިއާ ރިޕޯޓުތަކުގައި، ދިޕިކާ ސަންދީޕް ވަންގާގެ ފިލްމު ދޫކޮށްލީ 8 ގަޑިއިރަށް ވުރެ ގިނައިރު މަަަސައްކަތް ކުރުމާމެދު ދިޕިކާއާއި ސަންދީޕުގެ ހިޔާލު ތަފާތު ވުމާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް މިއީ އޭނާ އެ ފިލްމު ދޫކޮށްލި އަސްލު ސަބަބު ނޫންކަން މިހާރު ވަނީ ހާމަވެފައެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ ދިޕިކާއަށް ސަންދީޕުގެ ފިލްމު "ސްޕިރިޓް" ގެ ސްކްރިޕްޓު ކަމުދިޔަ ކަމަށެވެ. އެ ފިލްމަށް އާނ ބަސް ބުނެ ކޮންޓްރެކްޓުވެސް ހަދާފައިވަނިކޮށް އަޓްލީގެ ކުރިއަށް އޮތް ފިލްމުން އޭނާއަށް ފުރުސަތު ލިބުނު ކަމަށް ރިޕޯޓުގައި ވެއެވެ. އަދި އަޓްލީގެ ފިލްމުގެ ސްކްރިޕްޓު އޭނާއަށް "ސްޕިރިޓް" ގެ ސްކްރިޕްޓަށްވުރެ ކަމުދިޔަ ކަމަށާއި، ދެ ފިލްމަށް ވަގުތު ނުދެވޭނެތީ އުޒުރުތަކެއް ދައްކައި އޭނާ "ސްޕިރިޓް" ދޫކޮށްލީ ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި މީގެ ކުރިން ދިޕިކާ ޕްރަބާސްއާއެކު މަސައްކަތް ކޮށްފައިވާތީ، އަޓްލީގެ ފިލްމުގައި އޭނާ އައްލޫ އަރުޖުން އާއެކު މަސައްކަތް ކުރަން ޖެހުން ވާނީ އޭނާއަށް އާ ތަޖުރިބާއަކަށް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް