މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރުގެ އެންމެ ފަހުގެ ޑައިރެކްޝަން ކަމުގައިވާ ފިލްމު "ސޮރީ" ގެ 'ސަޅިޔޭ' ލަވަ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފިއެވެ.
މި ލަވަ ބަލާލުމުން ފިލްމުގެ ހައިބަތު ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ.
މިހާތަނަށް ރާއްޖޭގައި ސްކްރީނަކުން އެންމެ ގިނަ ބަޔަކު ބެލި ފިލްމުގެ ރިކޯޑު ހޯދަމުންދާ "ސޮރީ" ގެ މި ލަވަ ކިޔައިދީފައިވަނީ ނަބީލް އަދި ރާޔާއެވެ.
މި ފިލްމުގެ ލިރިކްސް ހަދާފައިވަނީ މައުސޫމް ޝާކިރު އެވެ. އަދި މިއުޒިކާއި މެލޮޑީ ހަދާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަ އިއްބެ އެވެ.
'ސަޅިޔޭ' އަކީ މީގެ 6 އަހަރު ކުރިން މި ފިލްމަށް ކިޔާފައިވާ ލަވައެކެވެ. ލޯބީގެ މި ލަވަ ކޮރިއޯ ކޮށްފައިވަނީ ޝަދިޔާނު (ސޭންޑީ) އެވެ. އަދި ލަވައިގެ މަންޒަރުތައް ޝޫޓު ކޮށްފައިވަނީ ބާ. ކުޑަރިކިލުގައެވެ.
މީ ހިތާމަވެރި އަސަރުތައް އިންތިހާއަށް ދައްކުވައިދޭ 3 ގަޑިއިރުގެ މި ފިލްމުގައި ހިމެނޭ 2 ލޯބީގެ ލަވައިގެ ތެރެއިން އެއް ލަވައެވެ.
ދޮޅުމަހަށްވުރެ ގިނަ ދުވަހު ސްކްރީންގައި އޮތުމަށްފަހު އިތުރަށް އޮލިމްޕަސް ނުލިބުމުން ފިލްމު އެޅުވުން ހުއްޓާލަން ޖެހުމާ ގުޅިގެން "ސޮރީ" ގެ ވަދާއީ ޝޯތައް މިހާރު ވަނީ އިއުލާން ކޮށްފައެވެ.
މި ފިލްމުގެ ވަދާއީ ޝޯތައް ދައްކަން ހަމަޖެހިފައިވަނީ މިމަހު 26، 27 އަދި 28 ގައެވެ.

ކިޔުންތެރިންގެ ހިޔާލު