ޖޯލި މޯލްޑިވްސް
ޖޯލި މޯލްޑިވްސް
ޗުއްޓީ ހޭދަކޮށްފައި ދިޔަ ދެ ފަތުރުވެރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ޖޯލި މޯލްޑިވްސް އާއި ރ. ބޮޑުފުށި މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ޖޯލި މޯލްޑިވްސްއާއި، ރ ބޮޑުފުށި މޮނިޓަރިންގެ ޙާލަތަށް ގެނެސްފައި ވަނީ، އެ ދެރަށަށް ޒިޔާރަތްކުރި ފަތުރުވެރިޔަކު އެނބުރި ޤައުމަށް ދިއުމާއެކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ ކަމަށެވެ.

އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމާ ހަމައަށް އެ ދެ ރިސޯޓް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް-19 އަށް ފަރުވާދެމުން އަންނަނީ ހަތަރު ދިވެހިންނަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން