އުފާވެރި ހަބަރަކާއެކު "ސޮރީ" ގެ އާ ޓްރެއިލާ މާދަމާ ނެރެން ނިންމައިފިއެވެ.
މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ ފަހުގެ ޑައިރެކްޝަން އެވެ. ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިންނާއެކު އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
މިހާރު 48 ވަނަ ޝޯގެ ޓިކެޓު ވިއްކަމުންދާ ފިލްމު "ސޮރީ" ގެ އާ ޓްރެއިލާ މާދަމާ ނެރޭނެކަން ހާމަކުރަމުން ނަހޫ ބުނީ އަނެއްކާވެސް އުފާވެރި ހަބަރެއް ލިބިއްޖެ ކަމަށެވެ.
"އެހަބަރު އާންމުންނަށް އިއުލާން ކުރަމުން ސޮރީގެ ޓްރެއިލާ މާދަމާ ނެރޭނަން"
މިހާތަނަށް މި ފިލްމުގެ 47 ޝޯ ދައްކައި ނިމިފައިވާއިރު، ރެއާ ހަމައަށް ކޮންމެ ރެއެއްގެ ޝޯވެސް ދައްކާފައިވަނީ 100 އިންސައްތަ ހައުސްފުލް ކޮށެވެ.
ނަހޫ ބުނީ ކޮންމެ ކަމަކަށް ނިމުން އަންނަ ފަދައިން "ސޮރީ" ވެސް މިވަގުތަށް ނިންމާލަން ޖެހިފައިވާ ކަމަށެވެ.
މީގެ ކުރިން އޭނާ ބުނެފައިވަނީ އިތުރަށް މީހުން މި ފިލްމު ބަލަން ބޭނުންވެފައި ތިބިނަމަވެސް އޮލިމްޕަސް ލިބެން ނެތުމުން ފިލްމުގެ ވަދާއީ 3 ޝޯ މިމަހު 26، 27 އަދި 28 ގައި ބާއްވަން ހަމަޖެހިފައި ވާކަމަށެވެ.
ޗުއްޓީއާއި ދިމާކޮށް އޮލިމްޕަހުގައި މި ފިލްމު ބާއްވައިދިނުމަށް އެދި ގިނަ ބަޔަކު އެދިފައިވީނަމަވެސް އެކަން ކުރެވޭނެ ގިތް ނުވެގެން އުޅޭ ކަމަށް ނަހޫ ވަނީ ކުރިން ބުނެފައެވެ.
"މިހާރުވެސް 3 ފަހަރަށް އޮލިމްޕަސް އިން ވަނީ ޑޭޓު އިތުރުކޮށްދީފަ. ހިނގަ ހިނގާ އޮތް ފިލްމެއް އޮލިމްޕަހުން ނެގުން އެއީ އަޅުގަނޑުމެންގެ މިނިސްޓަރ ވެސް ބޭނުންވާ ގޮތް ކަމަށް ނުވާތީ އެ މަނިކުފާނުގެ އިރުޝާދުގެ މަތިން އަޅުގަނޑަށް ދުވަސްތަކެއް ވަނީ ކުރިންވެސް އިތުރުކޮށްދެއްވާފަ. އެކަމަށްޓަކައި އެމަނިކުފާނަށާއި، އެންސީއޭގެ ވެރިންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑަށް މި ރިކޯޑާ ހަމައަށް އާދެވުނީ ތި އެންމެ ބޭފުޅުންގެ ލޯތްބާއި އެހީތެރިކަމާއެކު" ނަހޫ ބުންޏެވެ.
ދާދި ފަހުން މި ފިލްމުގެ ވަރަށް ފުރިހަމަ ލަވައެއް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. މީ ފަހަކަށް އައިސް ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލުވެގެން ދިޔަ، ޓިކްޓޮކްގައި އެންމެ ގިނަ މީހުން ޝެއާ ކުރި "ސަޅިޔޭ"، މި ލަވައެވެ. މި ލަވަ މިހާރު ޔޫޓިއުބުންވެސް ބަލާލެވޭނެއެވެ.
މީގެ އިތުރުން "ސޮރީ" ގެ ފުލް މޭކިންވެސް މިހާރު ޔޫޓިއުބުން ބަލާލެވޭނެއެވެ.
ފިލްމު ސިނަމާތަކުގައި އެޅުވުން ނިމެން މިހާ ގާތްވެފައި ވަނިކޮށް ނަހޫ ދޭން މިއުޅޭ އުފާވެރި ހަބަރަކީ ކޮބައިތޯ ބަލާލަން މިހާރު މިތިބީ ކެތްމަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު