އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދުނީ 20 ވަނަ މަޖިލީހުގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ، މަޖިލިސް ރައީސް އަބްދުއްރަޙީމާއި ބައްދަލު ކުރެއްވުމަށްފަހު މީސްމީޑިއާގައި ދިވެހިބަހުން ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން މޯދީ ވިދާޅުވީ، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ އެ ބައްދަލު ކުރެއްވުމުގައި ދެކެވުނު ކަމަށެވެ.
“އޭގެތެރޭގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ. 20ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެޤައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް.” މޯދީ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން މޯދީ ވިދާޅުވީ ރާއްޖޭގެ ކެޕޭސިޓީ ބިލްޑިންގއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ރޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އަދި މިއަދުގެ ނިޔަލަށް އެމަނިކުފާނު ރާއްޖޭގައި ހުންނަވާނެއެވެ.
މޯދީގެ މި ދަތުރުފުޅުގައި ވަނީ ސިފައިންގެ ދޮށިމޭނާ ބިލްޑިންގް ހުޅުވައި ދެއްވާފައެވެ. އަދި 2 ޕޯޓަބަލް ހޮސްޕިޓަލާއި 72 ވެހިކަލް ދިވެހި ސިފައިންނަށް ހަދިޔާ ކުރަށްވާފައިވެއެވެ. މީގެއިތުރުން މޯދީގެ މި ދަތުރުފުޅުގައި ބީއެމްއެލްގައި އިންޑިއަން ރުޕީސް އެކައުންޓެއް ހުޅުވޭ ގޮތްވެސް ވަނީ ހަދާފައެވެ.
އޭގެއިތުރުން މޯދީގެ މި ދަތުރުފުޅުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ދެއްވާފައެވެ. އަދި މޯދީގެ މިދަތުރުފުޅުގައި މިރޭ ވީއައިއޭ އެއަރޕޯޓް ހުޅުއްވައި ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު