ރައީސް ނަޝީދަކީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރަށްވާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު މީސްމީޑިއާގައި ދިވެހިބަހުން ޙިއްސާކުރެއްވި މެސެޖެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.
އެ ބައްދަލު ކުރެއްވުމަށްފަހު މޯދީ ވިދާޅުވީ، ރައީސް ނަޝީދަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި “ނެއިބަހުޑް ފަސްޓް” ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށް މޯދީ ވިދާޅުވިއެވެ.
ހަމައެއާއެކު އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިންގ އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް މޯދީ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އިތުރުން މޯދީ މިއަދު ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާވެސް ބައްދަލު ކުރަށްވާފައެވެ.
އެ ބައްދަލުވުމާ ގުޅިގެން މޯދީ ވިދާޅުވީ ސިޔާސީ ދާއިރާގެ ތަފާތު ލީޑަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ އިންޑިޔާއާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް އެންމެ ބޮޑު އެހީއެއް ވަނީ ދެ ގައުމުގެ މެދުގައި އޮތް ހިއްސާވަނިވި އަސާސްތައް ކަމަށްވެސް މޯދީ ވިދާާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ބައްދަލުކޮއްފިން. މުޙައްމަދު ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް.
— Narendra Modi (@narendramodi) July 26, 2025
‘ނެއިބަރހުޑް ފަސްޓް’ ސިޔާސަތާއި މަހާސާގަރުގެ ތަޞައްވުރުގެ އަގުހުރި ތަނބެއްގެ… pic.twitter.com/zrMz6bv8rN
ރައީސް ނަޝީދުގެ އިތުރުން މޯދީ މިއަދު ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާވެސް ބައްދަލު ކުރަށްވާފައެވެ.
އެ ބައްދަލުވުމާ ގުޅިގެން މޯދީ ވިދާޅުވީ ސިޔާސީ ދާއިރާގެ ތަފާތު ލީޑަރުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ އިންޑިޔާއާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް އެންމެ ބޮޑު އެހީއެއް ވަނީ ދެ ގައުމުގެ މެދުގައި އޮތް ހިއްސާވަނިވި އަސާސްތައް ކަމަށްވެސް މޯދީ ވިދާާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު