ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅު ނިންމަވައި މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

ރާއްޖެއިން ފުރާވަޑައިގެންނެވުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ ދެއްވި މެހުމާންދާރީއަށް، ރައީސް މުޢިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވެ ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށްވެސް މޯދީ ވިދާޅުވިއެވެ. މޯދީ ރާއްޖެ ވަޑައިގެންނެވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ. އެގޮތުން މިނިވަން ދުވަހުގެ އެކި ހަރަކާތްތައް މޯދީ ވަނީ ބައްލަވާލައްވާފައެވެ.

މޯދީ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުއާ އެކު ކުރެވުނު ބިނާކުރަނިވި މަޝްވަރާތަކާ އެކު ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށެވެ.

މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް