އިސްރާއީލުގެ ހަމަލާތަކުގެ އިތުރުން އަޅަމުންދާ ފިއްތުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަން ތަހައްމަލްކޮށް ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޝަހީދުވަމުންދާތީ، ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އިނގިރޭސިވިލާތުން ފަށައިފިއެވެ.
އިނގިރޭސި ބޮޑުވަޒީރު މިކަން ހާމަކުރެއްވީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯނާއި ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިޗް މަރޒްއާއެކު ބޭއްވި ކުއްލި މަޝްވަރާއެއްގައެވެ. ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ ޣައްޒާގެ ކުޑަކުދިންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށްޓަކައި އެކުދިން އެތަނުން ނެރުމަށްވެސް މަސައްކަތް ކުރާނެކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގެ ދެ ކުޑަކުދިން ޝަހީދުވެފައިވާއިރު، މިހާތަނަށް ޖުމްލަ 127 މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި މުޅިއެކު 85 ކުޑަކުދިން ހިމެނެއެވެ.
އެހެންނަމަވެސް އދ ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (އަންރުވާ) ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަކީ ޚަރަދު ބޮޑު، އަދި އެހާ ފައިދާހުރި ގޮތެއް ނޫން ކަމަށެވެ. އަދި މިފަދަ ގޮތަކަށް އެހީ ފޯރުކޮށްދިނުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގައި ތިބި ފަލަސްތީނުން އެހީ ނުލިބުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުގެ ހަނގުރާމައާ ގުޅިގެން އިނގިރޭސިވިލާތުގައި ހަފްތާއަކު އެއްފަހަރު ބޮޑެތި މުޒާހަރާތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު