ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިނިވަން 60 ފާހަގަކުރުން
ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިނިވަން 60 ފާހަގަކުރުން
ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން، ކުލަގަދަކޮށް ރާއްޖޭގެ ފަސްޅަސް ވަނަ މިނިވަން ދުވަސް ފާހަގަކޮށްފިއެވެ.

ލަންކާގައި ދިރިއުޅޭ އަދި މިވަގުތު ލަންކާގައި ތިބި އެންމެހާ ދިވެހި ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ޖުލައި 26 ގެ ހަވީރު، ކުރިއަށްދިޔަ މި ހަފުލާ ބޭއްވީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ގޯތި ތެރޭގައެވެ.



ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މިނިވަން 60 ފާހަގަކުރަނީ


ގިނަ އަދަދެއްގެ ދިވެހި އާއިލާތައް ބައިވެރިވި މި ހަވީރުގައި ދިވެހި ސަގާފީ ކުޅިވަރުތަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު މުނިފޫހި ފިލުވުމާއި މަޖާ ހަރަކާތްތައް ހިމެނިފައި ވެއެވެ. ހަވީރުގެ ސަޔާއެކު ކުރިއަށްދިޔަ މި ހަފުލާގައި ސަގާފީ ނެށުންތަކާއި ބޮޑުބެރު ހުށައަޅައިދިނީ ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހާރާއި މިހާރުގެ ދަރިވަރުންނެވެ.



މިނިވަން 60 ފާހަގަ ކުރުމަށް ލަންކާގައި ބޭއްވި ބޮޑުވެރު ހަރަކާތް


ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހާއި، ލަންކާއާއި ދިވެހި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް މިމަހުގެ 22 ވަނަ ދުވަހުގެރޭ ދިވެހި ހައިކޮމިޝަނުންވަނީ ރަސްމީ ހަފުލާއެއްވެސް ބާއްވާފައެވެ. ސިނަމަން ލައިފްގައި ބޭއްވި މި ހަފުލާގައި ލަންކާގައި ގާއިމުވެ ތިބޭ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ލަންކާ ސަރުކާރުގެ ކުރިއާއި މިހާރުގެ ބައެއް އިސްބޭފުޅުންނާއި ލަންކާގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފުލާގައި ރާއްޖެއިން މިނިވަންކަމަށް ދަތުރުކުރި ގޮތާއި ރާއްޖެއާއި ލަންކާގެ ޒަމާންވީ ގުޅުމުގެ ވާހަކަތައް ކިޔައިދޭ މުހިންމު ވިޑިއޯއެއްވެސް ދައްކާފައި ވެއެވެ. މި ހަފުލާގައި ވެސް ރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ދިވެހި ކެއުންތަކާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އެކި ކަންކަން ހިމަނާފައި ވެއެވެ.



ދިވެހި ސަގާފީ ނެށުން


މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ހަފުލާވެސް ބާއްވާފައި ވަނީ ރާއްޖެއާއި ލަންކާގެ ބައެއް އަމިއްލަ ވިޔަފާރި ތަކާއި ހެއުއެދޭ އަމިއްލަ ފަރާތްތަކުގެ އިތުރުން ހައިކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ދީލަތި އެހީއާއި ބުރަ މަސައްކަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް