ވަޒީފާ ގެއްލޭ ފަރާތްތަކަށް 3 މަސް ދުވަހުގެ މުއްދަތަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސް ލިބޭނީ ޖޮބްޕޯޓަލްގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމުގައި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ތަފްސީލް ހާމަކޮށް ފިނޭންސް މިނިސްޓްރީން މިރޭ ޢާއްމުކުރި އުސޫލުގައި ވަނީ ކޯވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އޭޕްރީލް މަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަނަސެއް ދޭނެ ކަމަށެވެ.
އެހެން ނަމަވެސް މި އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވާން ޖެހޭނެކަމަށާއި، މި އެލަވަންސް ލިބޭނީ މަސް ނިމޭއިރުގައި ކަމަށް ވަނީ ހާމަކޮށްފައެވެ.
މިހާތަނަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ 743 މީހުން ކަމަށް ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ވަނީ ވަޒީފާއަށް ބަދަލު އަންނަ ފަރާތްތަކުން މި ޕޯޓަލް ގައި ރަޖިސްޓްރީ ވުމަށް އެދިފައެވެ. ކޯވިޑް-19 އާއި ގުޅިގެން ތަޢާރަފުކޮށްފައިވާ މާލީ އެހީދޭ ޕެކޭޖުން ވިޔަފާރިތަކަށް ލޯނު ލިބޭނީ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާ އަދި ނޯ ޕޭ ލީވް ނަގަން މަޖުބޫރު ނުކުރާ ފަރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު