މިއަދު ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް
މިއަދު ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތު، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއާއި ލަންކާގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ރައީސް އޮފީހުން ބުނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސަލްޓަން ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހަރަކާތުގައި ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ އަރިހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް ޑިސަނާޔަކެ، އިންދެވީ މޫނިމާ ގަހެއް ކަމަށެވެ.

އަދި މި ހަރަކާތަކީ ދެ ޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު