ސޮރީގެ ލީޑު ތަރިން، އައްޒ، އެވްލީ، ލާލި
ސޮރީގެ ލީޑު ތަރިން، އައްޒ، އެވްލީ، ލާލި
17 ޖޫން ގައި އޮލިމްޕަހުގައި އެޅުވި ދިވެހި ފިލްމު "ސޮރީ" ގެ 50 ވަނަ ޝޯ ގައި އުފާ ފާޅުކުރުމުގެ ކުޑަ ރަސްމިއްޔާތެއް އޮންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފިއެވެ.

ދިވެހި ފިލްމީ ދާއީރާގައި ނަންވިދާ ތަރިންނާއެކު އުފައްދާފައިވާ "ސޮރީ" އަކީ ލޯބީގެ އަަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.



މެންދުރުފަހުގެ ޝޯތަކާއެކު ޖުމްލަ 50 ޝޯ ދެއްކުނުއިރި، 48 ޝޯ ދައްކާފައިވަނީ 100 ޕަސެންޓު ހައުސްފުލްކޮށްނެވެ.

ނަހުލާ ބުނީ މިރޭގެ ޝޯވެސް އިއްޔެއިންސުރެ ހައުސްފުލްވެފައިވާތީ ޓިކެޓު ނުލިބުނު މީހުން ވަރަށް ޝަކުވާ ކުރަމުންދާ ކަމަށެވެ.

4 ފަހަރަށް އެންސީއޭ އިން މުއްދަތު އިތުރުކޮށްދީފައިވީނަމަވެސް އަދިވެސް "ސޮރީ" ބަލަން ބޭނުންވެފައިތިބި އެންމެންނަކަށް ނުބެލެއެވެ. އަދިވެސް އިތުރު ޝޯތަކެއް ބޭނުންނަމަވެސް ދެން އިތުރަށް އޮލިމްޕަސް ލިބެން ނެތުމުން "ސޮރީ" ޖެހޭނީ އޮލިމްޕަހުން ނަގާލަން ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

އޮލިމްޕަސްގައި ފިލްމު އެޅުވުން މިވަގުތަށް ނިމުނު ނަމަވެސް، އަދި މި ނިމުނީ ނޫން ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

"ސޮރީ" ގެ މި ކާމިޔާބީއަކީ މިހާތަނަށް ރާއްޖޭގައި ފާހަގަކޮށްލެވޭފަދަ ބޮޑު ކާމިޔާބީއެކެވެ.



ކިޔުންތެރިންގެ ހިޔާލު