ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން އަމިއްލަ ކުންފުނިތަކަކާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރެވެ.
އެގޮތުން ހއ. ވަށަފަރާއި ހއ. ތުރާކުނު ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ "ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެވެ.
ވަށަފަރު ސިއްހީ މަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، ތުރާކުނު ސިއްހީ މަރުކަޒުގެ މަސައްކަތަށް 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ށ. ޅައިމަގު ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ "އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ އެވެ. މިނިސްޓްރީން ބުނީ މި މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ "ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާ އެވެ. މި ތިން ރަށުގެ މަސައްކަތަށް ޖުމްލަ 13.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ހުރިހާ ސިއްހީ މަރުކަޒުތަކެއްގައިވެސް އައު ވޯޑުތަކާއި، ލެބޯޓްރީތަކާއި، ނާސް ސްޓޭޝަންތަކާއި، ޕްރޮސީޖާ ރޫމްތަކާއި، ސްޓޯ ރޫމްތައް ޤާއިމްކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު