ސޮރީގެ 50 ވަނަ ޝޯ ފާހަގަކުރުން، ލީޑު ތަރި އައްޒަ
ސޮރީގެ 50 ވަނަ ޝޯ ފާހަގަކުރުން، ލީޑު ތަރި އައްޒަ
ދިވެހި ފިލްމު "ސޮރީ" ގެ ކާމިޔާބު 50 ޝޯ އޮލިމްޕަހުގައި ބޭއްވުމަށްފަހު ރޭގައި ވަނީ އެކަން ފާހަގަކޮށް އުފާ ފާޅުކުރުމުގެ ހަފްލާއެއް ބާއްވާފައެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން މި ހަފްލާ ޝަރަފްވެރިކޮށްދެއްވި މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ މިއީ ފަހުރުވެރިވާފަދަ ކާމިޔާބީއެއް ކަމަށާއި، މިހާތަަނަށް 25 ހާހަށްވުރެ ގިނަ މީހުން މި ފިލްމު ބަލާފައިވުމަކީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެންމެ އުފާވަނީ މި ފިލްމުން މުޖްތަމައަށް ފައިދާހުރި މެސެޖުތަކެއް ދީފައިވާތީއާއި، އެކަން އާންމުން ބަލައިގެންފައިވާތީ ކަމަށްވެސް މޮންދު ވިދާޅުވިއެވެ. އަދި ފިލްމު ބަލައިގަނެފައިވާ މިންވަރު ސޯޝަލް މީޑިއާއިން ފެނިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ފިލްމު "ޔޫސުފް" އިން ގޯލްޑެން ޖުބިލީ ހެދުމަށްފަހު، އަހަރުތަކަކަށްފަހު "ސޮރީ" އިން އަނެއްކާވެސް ޑައިރެކްޓަރު ނަހުލާ މިވަނީ ގޯލްޑެން ޖުބިލީ ހަދައި ރިކޯޑު ހަދާފައެވެ.

މިކަން ފާހަގަކުރަމުން ދާއިރާގެ އެހެން ފަންނާނުންނަށް މޮންދު އިލްތިމާސްކޮށްފައިވަނީ ހަސަދަވެރި ހިތަކާ ނުލާ، ފާޑު ނުކިޔާ، މިފަދަ ކާމިޔާބީތައް އެންމެން އެކުގައި ގުޅިގެން ފާހަގަ ކުރުމަށެވެ. ގަބޫލުކުރެވޭ ގޮތުގައި އޭނާ މިވާހަކަ މިހެން ވިދާޅުވެފައި ވަނީ ދާދި ފަހުން ނަހުލާ އަށް ފާޑުކިޔުމުގެ ނަމުގައި ބަދު ބަސްތަކެއް އަމާޒުކޮށްގެން ދިއުމާއެކުއެވެ. މިކަމާ ބެހޭގޮތުން ނަހޫ ވަނީ މީސް މީޑިޔާގައި ކަމުގެ ހަގީގަތްވެސް ބަޔާންކޮށްދީފައެވެ.



އެނގިފައިވާ ގޮތުގައި މި ސްޓޭޓަސް އަކީ މިއަހަރު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ ފިލްމެއްގެ ޑައިރެކްޓަރަކު އޭނާއަށް ރައްދުކުރި ބަސްތަކެކެވެ.



މިއީ ނަހުލާގެ ކޮންމެ ކާމިޔާބު ފިލްމަކަށްފަހު އެކި ފަހަރު އެކި ޑައިރެކްޓަރުންގެ ފަރާތުން އޭނާއަށް ކުރިމަތިލާންޖެހޭ ކަމެއް ކަމަށް އެންމެނަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ. ބައެއް ފަހަރު އެއް ޑައިރެކްޓަރަކު އަނެއް ޑައިރެކްޓަރަކާ ދިމާ ކޮށްލުމުގެ ގޮތުން ކުރާ މިފަދަ ދަށު ދަރަޖައިގެ ކަންކަމާ ދޭތެރޭ ދާއިރާއަށް ލޯބިކުރާ ގިނަ ފަރާތްތަކުން ހިތްހަމަނުޖެހޭ ކަންވެސް ގިނަބަޔަކު ފާހަގަ ކުރެއެވެ.

މޮންދުގެ ވާހަކަކޮޅު ނިންމާލަމުން މިހާރު ސޮރީ އަކީ 'ސޮރީ' އެއް ނޫން ކަމަށާއި، އެއީ 'ޑިލައިޓް' އެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެއީ 'ހެޕިނެސް' އެއް ކަމަށް މޮންދު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު