ޑްރޯން ޝޯގެ ތެރެއިން —
ޑްރޯން ޝޯގެ ތެރެއިން —
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ކުލަގަދަ ހަފުލާގައި އެރުވި ޑްރޯން ޝޯގެތެރެއިން ޑްރޯންތަކެއް ވެއްޓުުނު ހާދިސާ ފުލުހުން ތަހުގީގު ކުރަންފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަން ފަށަފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން އެކަމާ ގުޅޭ އެކި ފަރާތްތަކާ ސުވާލުކޮށް، އިތުރު މައުލޫމާތުތައް ހޯދަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިންނެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅި ސިޓީ މިހާރު މީސްމީޑިއާގައި ވަނީ އާންމުވެސް ވެފައެވެ.

އެ ސިޓީގައިވާ ގޮތުން އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް އެކަން އެހެން ދިމާވުމުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯގައި ވަނީ ރާއްޖޭގެ ސަގާފީ ބައެއް މަންޒަރުތަކާއި ރާއްޖެ އިސްތިހާރު ކުރުމުގެ އެކި މަންޒަރުތަކާއި ލިޔުންތައް ދައްކާފައެވެ.



ކިޔުންތެރިންގެ ހިޔާލު