ކުރީގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މަޑުޖައްސާލަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މުޙައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ، ހައިކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލި 18 ފަރާތުގެ ތެރެއިންނެވެ. ޝަހީދުގެ އިތުރުން، ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާއެވެ.
މި މައްސަލައާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ވޭތުވެދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލަ ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލު، އަލްއުސްތާޛު އަޙްމަދު ނައުޝާދެވެ.
ނައުޝާދު މީގެ ކުރިން ވިދާޅުވީ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް މިހާރު ވެސް ފަނޑިޔާރުކަން ކުރައްވާ، އަދި ތައުލީމަށް ބަލާއިރު ގާބިލު ބަޔަކު ތިއްބާ ޝަހީދު އައްޔަންކުރަން ނިންމި ނިންމުމަކީ ބޭއިންސާފެއް ކަމަށެވެ.
ސިވިލް ކޯޓުން މި މައްސަލަ މިއަދު ބަަލައިގެންފައިވާއިރު ޖޭއެސްސީން ވަނީ މިރޭ ހައިކޯޓުގެ އައު ފަނޑިޔާރުން ހުވާކުރުމަށް ނިންމާފައެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.
ހައިކޯޓަށް އައްޔަންކުރަން ނިއްމި ޝަހީދަކީ ނިމިދިޔަ ރިޔާސީ އިންތިޚާބާއި، އޭގެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް، މިހާރުގެ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޕީއެންސީގެ ކެމްޕޭންގައި އިސްކޮށް އުޅުނު މީހެކެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ނައިބު މިނިސްޓަރުގެ މަޤާމުގައި ހުރިއިރު، ސަރުކާރު ދިފާޢުކުރުމުގައި އިސްދައުރެއް އޭނާ އަދާކުރިއެވެ.
ރައީސް މުޢިއްޒުގެ އެންމެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ޝަރުޢީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއި، އެ ދާއިރާއަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު