މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މާލޭގެ ބައެއް ހިސާބުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، އެނބޫ ގޯޅި، އިސްކަންދަރު މަގު އަދި ގުލްއަލާ ގޯޅި ހިމެނޭ ސަރަޙައްދުން 05 އޯގަސްޓް 2025 ވާ އަންގާރަ ދުވަހުގެ (މާދަމާ) މެންދުރުފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
މާލެ ސަރަހައްދާއި ސްޓެލްކޯގެ ހިދުމަތްދޭ ރަށްތަކުގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު