ރަޝިޔާގައި އުފައްދާ ތެޔޮ އިންޑިއާއަށް ގަންނަމުންދާ ނަމަ އިންޑިއާގެ މުދަލުން ނަގާ ޓެރިފް އަދިވެސް އިތުރަށް ބޮޑުކުރަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ދެކޭގޮތުގައި ރަޝިޔާގެ ތެޔޮ ގަތުމަކީ އެ ގައުމުގެ ހަނގުރާމައަށް ހޭދަކުރުމަށް ވެވޭ ބޮޑު އެހީއެކެވެ.
އިއްޔެ ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ އިންޑިއާއިން ގިނަ އަދަދަކަށް ރަޝިއާގެ ތެޔޮ ގަނެ، ބޮޑު ފައިދާއަކަށް ވިއްކަމުންދާ ކަމަށެވެ.
ޔުކްރެއިނުން ކިތަންމެ ބަޔަކު މަރުވަމުން ދިޔަ ނަމަވެސް އިންޑިއާއަށް އެއީ މާބޮޑު ކަމަކަށް ވެގެން ނޫޅޭ ކަމަށް ވެސް ޓްރަމްޕު ވިދާޅުވިއެވެ.
އެހެންކަމުން އިންޑިއާގެ މުދަލުން ނަގާ ޓެރިފް އަދިވެސް އިތުރަށް ބޮޑު ކުރާނެ ކަމުގެ އިންޒާރު ޓްރަމްޕު ވަނީ ދެއްވާފައެވެ.
މިދިޔަ ހަފްތާގައި ޓްރަމްޕު ވަނީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ވެސް ނިންމާފައެވެ. ނަމަވެސް ޓެރިފްގެ ރޭޓާއި އެ ޓެރިފްތަކަށް އަމަލުކުރަން ފަށާނީ ކޮން އިރަކު ކަމެއް ޓްރަމްޕު ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު