ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވިއްކި ތެލުގެ މުއާމަލާތުގެ ތެެރެއިން، އެފްއެސްއެމްގެ މުވައްޒަފުން ހިންގި ކޮރަޕްޝަންގައި އެމްޕީއެލްއަށް ގެއްލުނު ތެލުގެ ބަދަލު، ހިޔާނާތްތެރިވި ފަރާތްތަކުގެ އަތުން ހޯދަން ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) އާއި ކޯޓްތަަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތަކަަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒަފުންތަކެއް 28 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ހިންގާފައިވާކަން ހާމަވީ އޮޑިޓް ރިޕޯޓުންނެވެ.
އެކަމުގައި ހިމެނޭ ބައެއް ފަރާތްތަކަށް ޝަރީއަތްކޮށް ހުކުމްކޮށްފައިވާ އިރު، އެ ހިޔާނާތުގެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގުކޮށް، އެކުލަވައިލި ރިޕޯޓުގައި ހިމަނައިގެން ކަމާބެހޭ ފަރާތްތަކަށް އަންގަން މިއަދު ވަނީ ރެކޮމެންޑޭޝަންތަކެއް ފާސްކޮށްފައެވެ.
އެގޮތުން އެ މުއާމަލާތުގެ ތެރެއިން އެމްޕީއެލްއިން ގަތް ތެލުގެ ތެރެއިން ބައެއް ގެއްލިފައިވާތީ އެމްޕީއެލްއަށް އެކަމުން ލިބުނު ގެއްލުމުގެ ބަދަލު މި ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ އަތުން ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޕީޖީއަށާއި ކޯޓުތަކަށް އަންގައި، ރައްޔިތުންގެ މަޖިލީހުން އެ ރިޕޯޓް ފާސްވާތާ ތިން ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ވަނީ އަންގާފައެވެ.
އަދި އެފްއެސްއެމްގެ ތެޔޮ އުފުލާ އުޅަނދު ފަހަރުތައް މޮނީޓާ ކުރުމަށް، އެއުޅަނދު ފަހަރުގައި ކެމެރާ ހަރުކުރަން ބޭނުންވާ ސިސްޓަމްތަކާއި އެތަކެތިން ތެޔޮ ދޫކުރަން ބޭނުންކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލް ކޮށް، ލައިވް ރިޕޯޓް ނެގޭނޭ ގޮތަށް ހަދައި ބާޖުތަކުގެ ޓޭންކްތަކުގައި ހުންނަ ތެލުގެ އަދަދު ލައިވްކޮށް މޮނިޓާ ކުރުމަށްޓަކައި އޮޓަމެޓިކް ކޭޖިން ސިސްޓަމްތައް ހަރުކުރުމަށް އަންގަން ވެސް ވަނީ ފާސްކޮށްފައެވެ.
އެކަންކަން ނިންމައި މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެފްއެސްއެމްއަށް އެންގުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު