ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަންނަން އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ހައްޖު ކޯޕަރޭޝަނުން ސަރުކާރަށް ފައިދާވާނެ ގޮތް ހެދުމަށް ކަމަށް ބުނެ ހަލާލު ޓޫރިޒަމަށް ވަކި ކުންފުންޏެއް އުފައްދައި، މާފުށީގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މީޑިއާއަކާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ސިޓީ ހޮޓަލެއް އިމާރާތްކޮށް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.
އަދި ހައްޖު ކޯޕަރޭޝަނަކީ އޭނާއާ ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏެއް ކަމުގައި ވީނަމަވެސް، އެ ކޯޕަރޭޝަނުން މިކަން ކޮށްފައިވަނީ މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މަޖިލީހަށާއި ވަޒީރުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާ ގޮތަށް އޮންނަނީ އަޅުގަނޑު. ނަމަވެސް، ތި ކަންކަމާ އެއްވެސް މަޝްވަރާއެއް އަޅުގަނޑާ ކޮށްފައެއް ނުވޭ. ތިކަން ދާ ގޮތެއް ތިކަމުގެ ފީސިބިލިޓީއެއް އަޅުގަނޑު ނުދެކެން،" ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރިސްކު ބޮޑު ކަންކަމުގެ ތެރެއަށް ހައްޖު ކޯޕަރޭޝަނުން ނުވަދެ، އެ ފަންޑު މެނޭޖު ކުރެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު