ސްޓެލްކޯގެ މުވައްޒަފުން-
ސްޓެލްކޯގެ މުވައްޒަފުން-
ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރަމުންދާތީ މާދަމާ މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް 09 އޮގަސްޓު ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ހެނދުނު 10:00 އާއި 10:30 އާ ދެމެދު މާލެ ސިޓީގެ ފާށަނާކިލެގެފާނުމަގު، އަލިކިލެގެފާނުމަގު، ބަނަފްސާގޯޅި، ބޮޑުފުޅަށްގޯޅި، ބޮޑުރަސްގެފާނުމަގު، ހަލަވެލިގޯޅި، ހަނދުވަރުދޭހިނގުން، ހެލެނބެލިގޯޅި، ހުސްނުހީނާމަގު، މަޖީދީމަގު، ނިޔަނދުރުގޯޅި، ރަށްދެބައިމަގު، ރަތްވިލާމަގު، ސަބުދެރިޔާމަގު އަދި ސަހަރާމަގު ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.



އަދި ހެނދުނު ⁦‪10:00‬⁩ އާއި ⁦‪12:00‬⁩ އާ ދެމެދު ބޮޑުފުޅަށް ގޯޅި ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



މީގެ އިތުރުން މެންދުރުފަހު ⁦‪14:00‬⁩ އާއި ⁦‪16:00‬⁩ އާ ދެމެދު މުނިޔާމަގު އަދި ޝާއިރުވަރުދީ ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.



ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް