މަރްޔަމް ނަހްދާ ވަޙީދު   11 އޯގަސްޓު 2025 - 16:25
ފުލުހުންގެ ޑޭޓާ ސެންޓަރުގެ ބިންފާ އެޅުއްވުން
ފުލުހުންގެ ޑޭޓާ ސެންޓަރުގެ ބިންފާ އެޅުއްވުން
ދިވެހި ފުލުހުންގެ ޚިދުމަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ، ޒަމާނީ ޑާޓާ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތުގެ ބިންގާ މިއަދު އަޅައިފިއެވެ.

ހުޅުމާލެ ފޭސް 2 ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސައިބާ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމައު އަލް ކުވައިތީއާއި، ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.

މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފައިވެއެވެ.

ފުލުހުން ބުނީ މި ޑޭޓާ ސެންޓަރަކީ ފުލުހުންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުކުރާނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

މި ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާ އެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ޚިދުމަތްތަކާ އެކު ގާއިމުކުރާނެ ސެންޓަރެއް ކަމަށް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު