ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގައި، ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގައި، ފޮޓޯ: ރައީސް އޮފީސް
ރަށްރަށުގެ މަގުތައް ތަރައްޤީކުރަންވާނީ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަމަދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެގޮތުން ކަމަދޫގެ މަގުތައް ހެދުމުގެ ވާހަކައަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ މަގުތައް ހަދާއިރު ގުދުރަތީ އަސްލު ސިފަ ގެއްލޭ ގޮތަށް ގާ އެތުރުން ނުވަތަ ތާރު އެޅުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ކޮންމެހެން މާ ހާޑް ސާފޭސްއެއް ގޮތަށް ތާރުއެޅުން ގާއަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އަދި އެހާ ރަނގަޅު ކަމެއް ވެސް ނޫން." ރައީސް ވިދާޅުވިއެވެ.

އަދި ހާއްސަކޮށް ޓޫރިޒަމް ފުޅާވެގެން އަންނަ ރަށްތަކުގައި ބަލަންވާނީ ވީހާވެސް ބޮޑަކަށް ރަށުގެ ޤުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް މަގުތައް ހެދޭތޯ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ކަމަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށެވެ.

އެގޮތުން ރައްޔިތުން ބޭނުންވަނީ މަގުތައް ރީތިކޮށް ބޭއްވި، އެހެންނަމަވެސް ފެން ބަރާބަރަށް ހިންދޭ ޑްރެއިނޭޖް ނިޒާމެއްގެ ތެރެެެއިން މަގުތައް ދެމެހެއްޓުން ކަމަށްވަންޏާ، އެ މަސައްކަތް ކުރިއަށްދާނީ އެގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު