ޖޫން މަހާ އަޅާބަލާއިރު ނިމިދިޔަ ޖުލައި މަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑެންގީ ހުމާއި ބޭރަށް ހިންގުން ރިޕޯޓުކުރާވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖޫން މަހުގެ ތެރޭގައި ޑެންގީ ހުމުގެ 168 ކޭހެއް ރިޕޯޓުކުރި އެވެ. އަދި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ހުރީ 188ގަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މަދު އަދެދެކެވެ.
ޖޫން މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 3،946 ކޭސް ރިޕޯޓުކުރިއިރު ޖުލައި މަހު 5،528 ކޭސް ރިޕޯޓްކުރި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 33،156 ކޭސް ރިޕޯޓުކުރި ކަމަށެވެ. ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.
އެ އެޖެންސީން ހާމަކުރިގޮތުގައި މިދިޔަ މަހު ޑެންގީ ހުން އެންމެ ގިނައީ އއ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ކ. އަތޮޅުގައި ކަމަށެވެ. އަދި ވައިރަލް ހުން އެންމެ ގިނައީ އއ. އަތޮޅާއި ކ. އަތޮޅާއި ލ. އަތޮޅުގަ އެވެ. ބޭރަށް ހިންގުމުގެ ބަލި އެންމެ ގިނައީ މާލެ އާއި ފ. އަތޮޅުގަ އެވެ.
ބޭރަށް ހިނގުމާއި ހޮޑުލުމުން ރައްކާތެރިވުމަށްޓަކައި ކެއުމުގެ ކުރީންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި ފާހާނާ ކުރުމަށްފަހުގައާއި ނެޕީ ބަދަލުކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނު ޕެކެޓު (އޯއާރްއެސް)އާއި ފެނާއި ސޫޕާއި ކުރުނބާ ފެން ފަދަ ދިޔާ ތަކެތި ބޭނުންކުރުމަށްވެސް ވަނީ ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު