ތިމާވެއްޓާ ގުޅުންހުރި ކަންކަމަކީ ސިޔާސީ ބޭނުމަށް ވަގުތުން ވަގުތަށް ނިންމާ ވަރަށްވުރެ މާ ނާޒުކު ކަންކަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގެ މައިގަނޑު ޒިންމާ އަދާ ކުރަމުން އައި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން ބަދަލުކޮށް، އެއީ ސީދާ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ސީދާ މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކުރުމަކީ، އެކަމުގެ ސަބަބުން ނުރަނގަޅު އެތައް ކަމަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ.
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނާޒުކު މައްސަލަތަކުގެ ތެރޭގައި، އަދި ރައްޔިތުންނާއި ސީދާ ގުޅިފައިވާ މައްސަލަތަކުގެ ތެރޭގައި ތިމާވެށީގެ މައްސަލަތައް ހިމެނޭއިރު، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރުމަށް އޮތް އެންމެ މުހިއްމު އޭޖެންސީ މިގޮތަށް މިނިސްޓްރީއެއްގެ ދަށަށް ބަދަލު ކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ފައިސަލް ވަނީ ސިފަކުރައްވާފައެވެ.
"ތިމާވެށީގެ ކަންކަމަކީ ސިޔާސީ ބޭނުމަށް ވަގުތުން ވަގުތަށް ނިންމާވަރަށް ވުރެން ނާޒުކު ކަންކަން. ޒަމާނުންސުރެ ރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ވަކާލާތު ކުރާ ގައުމަކަށްވާއިރު މިއީ ބައިނަލްއަގުވާމީ ފަރާތްތަކުގެ އިތުބާރު ރާއްޖެއަށް ގެއްލި, މި ދާއިރާގައި ރާއްޖެ ބާކީ ވެދާނެ އަމަލެއް." ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު އިންޑަސްޓްރީއަކީ ޓޫރިޒަމް ދާއިރާ ކަމަށްވާއިރު އަދި ތިމާވެއްޓަކީ ވަރަށް ނާޒުކު އަދި އެހާމެ އަޅާލުން މުހިންމު ދާއިރާއަކަށްވާއިރު މި ދެ ކަންތައް އެއް މިނިސްޓްރީއެއްގެ ދަށުން ހިންގުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އަދި އީޕީއޭއަށް މި ގެނައި ބަދަލާއެކު އިތުރު މަސްލަހަތު ފުށުއަރާ ކަންކަން ކުރިމަތި ވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މި ބަދަލާ ގުޅިގެން ފައިސަލްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސްވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ސީދާ މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކުރުމަކީ، އެކަމުގެ ސަބަބުން ނުރަނގަޅު އެތައް ކަމަކަށް މަގުފަހިވެގެންދާނެ ކަމެއް. ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނާޒުކު މައްސަލަތަކުގެ ތެރޭގައި، އަދި ރައްޔިތުންނާއި ސީދާ ގުޅިފައިވާ…
— Faisal Naseem (@FaisalNasym) August 12, 2025
މި ބަދަލާ ގުޅިގެން ފައިސަލްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސްވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު