ޒަކާތު ޤާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޝަހީމް މިއަދު ވިދާޅުވީ، ޒަކާތު ބިލަކީ، ރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާ ކުރުމަށާއި، ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި، ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ޤާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ޤާއިމުކުރުމުގެ މަޤުޞަދުގައި އެކުލަވައިލި ބިލެއް ކަމަށެވެ.
“ޒަކާތުގެ ޤާނޫނު ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ތަޤްނީން (ލީގަލައިޒް) ކުރެވުނީއެވެ. މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެކަމުގައި ދެކެމެވެ.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޑރ. ޝަހީމް ވިދާޅުވީ، ޒަކާތު ބިލް އެކުލަވައިލާފައި ވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޒަކާތުގެ ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތައް ނަމޫނާއަކަށް ބައްލަވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މެލޭޝިޔާ އާއި ކުވައިތު، ޔޫއޭއީ، މިޞްރު ފަދަ ޤައުމުތަކުގައިވެސް ޤާނޫނުގެ ތެރެއިން ޒަކާތުގެ ކަންކަން ހިނގަމުންދަނީ. މި ބިލް ފާސްވުމުން ދައުލަތަށް ފަސޭހަވެގެންދާނެ.” ޑރ. ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ، ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށެވެ. އަދި އެގޮތަށް އިންވެސްޓް ކުރުމުން ޒަކާތް ހައްޤުވާ ފަރާތްތަކުގެ އެންމެހައި ކަމެއްވެސް ހިލޭ ފޯރުކޮށްދެވޭނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
“ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ބޭސްފަރުވާއަށް ފަސޭހަ ވެގެންދާނެ. ޒަކާތު ފަންޑު ޒަމާނާއި ޙާލަތާއި ޙާޖަތާ އެއްވަރަށް ތަރައްޤީ ވެގެންދާނެ. ރާއްޖެއިން ފަޤީރުކަން ނައްތާލެވި އިޖްތިމާޢީ ތަނަވަސްކަން ގެނެސްދޭނެ.” ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ޒަކާތުގެ ކަންކަން ޤާނޫނީ އޮނިގަނޑަކަށް ފައްތަން ސަރުކާރުން ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މިއަދު ވަނީ، އެބިލު އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު