އިސްލާމީ ޝަރީއަތުގެ ހުރިހާ ކަމެއްވެސް ޤާނޫނުތަކުގައި ހިމެނުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަކާތު ބިލުގެ ބަހުސްގައި މެންބަރު އަޝްރަޤު ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުރިހާ ކަމަކީވެސް ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި ޤާނޫނުތަކުގައި ހިމެނެންޖެހޭ އަދި ޤާނޫނުތަކުން ފެންނަންޖެހޭ އެއްޗެއް ކަމަށެވެ.
ސަރުކާރުން ހުށައަޅުއްވާފައިވާ ޒަކާތުގެ ބިލަކީ ކޮންމެހެންވެސް ޤާނޫނަކަށް ވާންޖެހޭ ބިލެއްކަން ފާހަގަ ކުރަށްވަމުން މެންބަރު އަޝްރަޤް ވިދާޅުވީ، ބައެއް ފަރާތްތަކުން ޒަކާތް ލާޒިމު ކުރުމާމެދު ސުވާލު އުފައްދާ ކަމަށެވެ. ނަމަވެސް، ޒަކާތަކީ ވާޖިބެއް ކަމަށާއި އެއީ އިޚްތިޔާރީ ކަމެއް ނޫންކަން ހަނދާން ކުރަންޖެހޭ ކަމަށް މެންބަރު އަޝްރަޤް ވިދާޅުވިއެވެ.
ހަމައެއާއެކު، މުއްސަދިންގެ އަތުގައި ހުންނަ ފައިސާގެ ތެރެއިން ޒަކާތަށް ދޭންޖެހޭ މިންވަރު ނެގި، އެފައިސާ ހައްގުވާ ފަރާތްތަކަށް އެފައިސާ ރައްދު ކޮށްދިނުމުން އިންޞާފުވެރި އަދި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެންދާނެކަން އަޝްރަޤް ފާހަގަ ކުރެއްވިއެވެ.
“އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ ޤާނޫނުތަކުގައި ހިމެނެންޖެހޭ، އަދި ޤާނޫނުތަކުން ފެންނަންޖެހޭ އެއްޗެއް.” މެންބަރު އަޝްރަޤް މިއަދު ވިދާޅުވިއެވެ.
އޭގެއިތުރުން އަޝްރަޤް ވިދާޅުވީ، މި ސަރުކާރުން ޒަކާތުގެ ދީނީ އަދި އިޖްތިމާޢީ މުހިންމު ކަމާމެދު ޢާއްމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ސަބަބުން ޒަކާތް ދައްކާ މިންވަރު މިހާރު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އިސްލާމީ ޝަރީއަތުގެ ހުރިހާ ކަމެއްވެސް ޤާނޫނުތަކުގައި ހިމެނުމަށް އަޝްރަޤް ގޮވާލައްވާފައިވާއިރު، ޒަކާތުގެ ކަންކަން ޤާނޫނީ އޮނިގަނޑަކަށް ފައްތަން ސަރުކާރުން ހުށައެޅި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މިއަދު ވަނީ، އެބިލު އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު