ޒަކާތް ދެއްކުމަކީ އެންމެހާ ރައްޔިތުން ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޒަކާތާއި ބެހޭ ބިލާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ޒަކާތް ދެއްކުމަކީ ދިވެހި އެންމެހާ ރައްޔިތުންވެސް އެކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.
އަދި މިއަދުވެސް ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަ ކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އެކަމާއި ގުޅުންހުރި ގާނޫނެއް ވުޖޫދު ކުރުމަކީވެސް ގޯސް ވިސްނުމެއް ނޫން ކަމަށެވެ.
ނަމަވެސް ސަރުކާރުން ހުށައަޅާފައިވާ ޒަކާތު ބިލަކީ، މިހާރުވެސް މީރާއިން ވަރަށް ރަނގަޅަށް ކުރަމުންގެންދާ މަސައްކަތެއްގެ ތެރެއަށް ސަރުކާރުން ވަދެ، އިސްލާމިކް މިނިސްޓަރާއި އެ މިނިސްޓްރީއަށް ވަކި ހާއްސަ ބާރުތަކެއް ދިނުމަށް މަގުފަހިކުރުމަށް ފަރުމާ ކޮށްފައިވާ ބިލެއްގެ ގޮތުގައި ޑރ. ޝަމްހީދު ސިފަ ކުރެއްވިއެވެ.
ބިލުގައި ޒަކާތާއިބެހޭ އެޑްވައިޒަރީ ކޮމިޓީއެއް އުފެއްދުން ހިމެނިފައިވާ ކަމަށާއި އެހެންކަމުން މިހާރުވެސް ހުރި ވަސީލަތްތަކެއް އަލުން އުފެއްދޭ ގޮތް ވާނެކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި މިހާރުވެސް ރާއްޖޭގައި ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް އޮތްކަމަށާއި އެއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްކަމަށް ޝަމްހީދު ވިދާޅުވެފައިވެއެވެ.
އެހެންކަމުން މި ބިލުން ޙާސިލުކުރަން އުޅޭ ނަތީޖާއާމެދު ސުވާލު އުފެދޭ ކަމަށާއި، ބިލު ޤާނޫނަކަށް ވެއްޖެނަމަ މިއީ ދައުލަތަށް އިތުރު ބުރައެއް އުފުލަން ޖެހިގެންދާނެ ކަމެއްކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ރާއްޖެއިން މިސާލު ނަގަނީ ސައުދީ އަރަބިއްޔާއިން ކަމަށްވާއިރު އެ ގައުމުގައި ޒަކާތާއި ޓެކްސްވެސް ނެގުމުގެ މަސައްކަތްތައް ކުރަމުންދަނީ ޓެކްސް އޮތޯރިޓީންކަމަށް ޑރ. ޝަމްހީދު މިއަދުގެ މަޖިލީހުގައި ވިދާޅުވެފައިވެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިއަދު ވިދާޅުވީ، ޒަކާތު ބިލް އެކުލަވައިލާފައި ވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޒަކާތުގެ ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތައް ނަމޫނާއަކަށް ބައްލަވާފައިވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު