ހޯމް މޮނިސްޓަރ އަލީ އިހުސާން
ހޯމް މޮނިސްޓަރ އަލީ އިހުސާން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދާކުރަމުންދަނީ ގައުމީ މުހިންމު ވާޖިބުތަކެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.

އެގޮތުން ދުވަހުގެ ތަހުނިޔާ ކަރެންޝަންސްގެ އިސްވެރިންނާއި މުވައްޒަފުންނަށް ފޮނުއްވައި މިނިސްޓަރ ވިދާޅުވީ، ކަރެކްޝަނަލް ސާވިސްއަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުވައްސަސާއެއްކަމަށެވެ.

ދައުލަތުގެ އެކި ދިމަ ދިމާލުގައި ތިބޭ އާންމު ރައްޔިތުންގެ ތެރެއިން ގައިޑުކޮށްގެން ގެންގުޅެންޖެހޭ ފަރާތްތަކަށް ދޭންޖެހޭ ހާއްސަ ފަރުވާތައްދީ، އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށްގެން މުޖްތަމައަށް އަނބުރާ ނެރުމާއި، އެފަދަ މުހިންމު ގައުމީ ވާޖިބުތައް ކަރެޝަނަލް ސާވިސްއިން އަދާ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

‎ކަރެކްޝަނަލް ސާވިސްގެ ތާރީހުގައިވެސް މިހާތަނަށް އަދާކުރަމުން އައިހާ ފުރިހަމަގޮތެއްގައި ކުރިއަށް އޮތްތާގައި ވެސް އެ ސާވިސްގެ މަސައްކަތްތައް ހަމަ އެގޮތަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކަރެކްޝަންސް އަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާ ކުރުމުގެ މަގުތައް ދަނީ ފަހިވަމުންކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ސާވިސްއަށް ބޭނުންވާ ފަންނީ އެކިއެކި ގާބިލްކަން އިތުރުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް