ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ތެރެއިން 1000 އަށްވުރެ ގިނަ މީހުން ފްލެޓު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ މިދިޔަ މަހުގެ 21 ގައެވެ.
އެފްޑީސީން މިއަދު ބުނީ މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން މިހާތަނަށް 1،202 މީހުންނާ އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަން އެފްޑީސީން ހާމަކުރިއެވެ.
"މިއީ މި ކޯޕަރޭޝަނަށް ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް،" އެފްޑީސީން ވަނީ ބުނެފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އެފްޑީސީން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ފަހު ފޮނުވާ ލިސްޓަކަށް ބަލައިގެންނެވެ. އެ މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެފްޑީސީ އަށް ފޮނުވަނީ ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިންނެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައިވާ ތަރުތީބަކުން ނޫނެވެ.
ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެފްޑީސީން ވަނީ އަމާޒުހިފާފައެވެ.
ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެއްބަސްވުން އެކުލަވާލާ ފަރާތްތަކުގެ އެޑްރެސް ނުވަތަ ނަމްބަރު ބަދަލުވެފައިވާނަމަ، އެކަން ދުރާލާ އެފްޑީސީއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
މީގެއިތުރުން، އެގްރީމަންޓު ހަދާ ފަރާތަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި ޕަވަރ އޮފް އެޓަރނީ އެހެން ފަރާތަކަށް ހަވާލުކުރަން ޖެހޭނެކަމަށާއި، އެއީ ނޮޓޮރައިޒްޑް ޕަވަރ އޮފް އެޓަރނީއެއްކަން ކަށަވަރުކުރުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު