55 ކައުންސިލެއްގެ އާ އިމާރާތް އަޅަން ރަޝީދު ކާޕެންޓްރީ (އާރުސީސީ) އާ ހަވާލުކޮަށްފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާއެކު މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ވަށާފާރު ރޭނުން ވެސް ކުރިއަށް ދާނެކަމަށް މިނިސްޓްރީން ބުނެއެެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާއެވެ. ޖެނުއަރީ މަހު އެ މަސައްކަތް ހަވާލުކުރިނަމަވެސް ފަސްވަރަކަަށް މަސް ވީއިރުވެސް އެ ކުންފުނީގެ ހަބަރެއް ނުވެގެން އެއްބަސްވުން ބާތިލުކުރިކަމަށް ހަބަރު ފެތުރުނެވެ.
ނަމަވެސް މިނިސްޓްރީން ބުނެފައިވަނީ އެ އެއްބަސްވުން ބާތިލުކުރީ އިމާރާތްތަކުގެ ޑިޒައިނަށް ކައުންސިލްތަކުން ހުށައެޅި އިސްލާހުތަކަަށް އެއްބަސް ނުވެވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު