"ހޯޕް ޓްރެވަލްސް" ގެ ނަމުގައި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށްލޯންޗު ފެރީގެ ޚިދުމަތްދޭ ފަރާތެއް ކަމުގައިވާ ހޯޕް ހޯލްޑިންގްސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމުގެ ތުހުމަތުކުރެވޭތީ، އެ މައްސަލަ ބަލައި ދައުވާކޮށްދޭން އެދި މީރާއިން ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ.
މީރާއިން ބުނިގޮތުގައި މި މައްސަލަ ތަހުގީގު ކުރަން ފެށީ 01 ޖުލައި 2020 އިން 31 މެއި 2023 ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހޯޕްހޯލްޑިންގްސްއިން މީރާއަށް ހުށަހަޅައިފައިވާ ޖީ.އެސް.ޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި ޓެކްސް އަހަރު2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައިދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭތީ އާއި، އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ އެވެ.
ހޯޕް ހޯލްޑިންގްސް ޕާޓްނަރޝިޕް މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވީނަމަވެސް، އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވަލްސް" ހަރަކާތް މީރާގައި ރަޖިސްޓަރީނުކޮށް ގިނަ ދުވަސްތަކަކަށް ހިންގާފައިވާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
އަދި ތަހުގީގު ކުރި މުއްދަތުގެ ތެރޭގައި މިވިޔަފާރި ހަރަކާތް ހިންގައިގެން ލިބިފައިވާ ޖުމުލަ އާމްދަނީގެ 89 އިންސައްތަ މީރާއަށް ހުށަހަޅައިފައިވާ ޖީ.އެސް.ޓީ ބަޔާންތަކުގައިހިމަނައިފައި ނުވާ ކަމަށްވެސް މީރާއިން ހާމަކުރިއެވެ.
އެގޮތުން މި މުއްދަތަށް ޓެކްސް ދައްކާފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 (ފަންސާސްހަތަރެއް) މިލިއަން ރުފިޔާ އާއި ޖީ.އެސް.ޓީގެ ގޮތުގައި 3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައި ނުވާކަން ފާހަގަކުރެވުނު ކަމަށް މީރާއިން ބުނެއެވެ.
އަދި 2020 އިން 2021 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާ އާމްދަނީގެގޮތުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ތަހުގީގުގައި މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައިފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައެވެ.
މި މައްސަލައިގައި، ހޯޕްހޯލްޑިންގްސް ވިޔަފާރީގެ އިތުރުން ވިޔަފާރީގެ އެއް ޕާޓްނަރކަމުގައިވާ ޝަހުދު އިބްރާހީމް މަނިކު އަދި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެއް ކަމުގައިވާ މުޙައްމަދު ޢަލީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ވަނީ ހުށަހަޅާފައެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.
ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ" އާ އެއްގޮތަށް އެފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު