ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލުގެ ބޭނުމަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމާއި، އެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމާއި، އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާޙުކުރުންކަމަށް ބިލުގައި ބުނެފައިވެއެވެ.
އެ އިސްލާހުގައިވާ ގޮތުގައި މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަ ނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށްފައިވާއިރު އޭގެ ބަދަލުގައި އެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބެންޖެހޭ ގޮތަށް ބަދަލުކޮށްފައި ވެއެވެ.
އަދި ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި، ހައްލު ހޯދައިދިނުމަށް ބަންޑާރަނައިބަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކޮށްފައިވެއެވެ.
ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ބަދަލު ގެންނަން ވެސް ބިލުގައި ހިމަނާފައިވެއެވެ. މީގެ ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން މި ބިލު ތަސްދީގު ކުރުމާ އެކު ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރެއްވުމާ އެކު، އެ އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފެށޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު