އިތުރު ޑްރެޖަރެއް ގެނެސް ރަސްމާލެ ހިއްކުމުގެ ސްޕީޑު އަވަސްކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމަށް އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފައިވާ ކަމަށާއި، މި ހަފްތާއިން ފެށިގެން ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
“އެ މަޝްރޫޢު އަވަސްކުރުމަށް ބިން ހިއްކާ ޑްރެޖަރު ރާއްޖެ ގެނެސް މިހާރު ކަސްޓަމްސް ކްލިއާ ކުރުމުގެ މަރުހަލާ ނިމި، މި ހަފްތާގެ ތެރޭގައި އެ ބޯޓު ރަސްމާލެ ސަރަހައްދަށް ގޮސް ބިން ހިއްކަން ފަށާނެ.” އެޗްޑީސީން މިއަދު ބުނެފައި ވެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަސައްކަތް މިމަހު ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައެވެ. އަދި އެކުންފުނިން ބިން ހިއްކަން ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށް ބަންޑް ވޯލް ޖަހަމުންދާ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
އެ ކުންފުނިން ރަސްމާލެ ސައިޓް “ސ” އަދި “އީ” އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ހާމަކުރެެއެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ނަމަވެސް މިހާތަނަށް އައިއިރު ހިއްކުނީ މި މަޝްރޫއުގެ 12.84 އިންސައްތަ ބިމެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީއަށް ކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫއަކަށް ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައިވަނީ ރަސްމާލެ ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާވަރުގެ ތިން ގުނަ ބިން ލިބޭނެ ކަމަށެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރާނެއެވެ. ރަސްމާލެއާ މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު