ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.
އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޖިލީހަށް ހުށައަޅާފައިވާ މީޑިއާ ބިލު ފަރުމާކޮށްފައިވަނީ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގު ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ކަމަށެވެ.
ހަމައެއާއެކު ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތާއި، މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތްގޮތުން މީޑިއާތައް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސް އެޅޭނެ ކަމުގެ ކަންބޮޑުވުން އެމްއެމްސީން ފާޅު ކޮށްފައިވެއެވެ.
އެމްއެމްސީން ބުނީ ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށެވެ. އަދި މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައިވާ މާނަ އޮޅޭ އިބާރާތްތަކުގެ ސަބަބުން ބިލުގެ ނާޖާއިޒު މަންފާ ނެގުމުގެ ފުރުސަތު އޮތްކަމަށް އެމްއެމްސީން ބުނެފައިވެއެވެ.
ހަމައެހެންމެ މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރުހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަނަށް ދީފައިވާކަން އެމްއެމްސީން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެބިލާމެދު މަޝްވަރާ ކުރުމަށް އެމްއެމްސީން ގޮވާލާފައިވެއެވެ.
“ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި އޮތުމަށާއި މި ނިޒާމުގައި ހުރި މައްސަލަަތައް ހައްލުކުރުމަށް މި ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާނަން. އަދި އެކަމަށް ފުޅާ ދާއިރާއެއް މަޝްވަރާ ކުރަން ޖެހޭނެކަމަށް ގަބޫލު ކުރަން.” އެމްއެމްސީން ބުނެފައިވެއެވެ.
އޭގެއިތުރުން އެމްއެމްސީން ބުނީ މީޑިއާ ބިލަކީ ގާނޫނުއަސާސީގެ ރޫހާވެސް ހިލާފަށް އޮތް ބިލެއް ކަމަށާއި، އެއީ މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެ ބިލަކީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް މިހާރު ލިބިފައި އޮތް ދަރަޖަ ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމެއް ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު