ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު އަވަހާރަވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކޯލިޝަން ސަރުކާރުގެ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ކަސްޓަމްސް ގެ އެންމެ އިސް މަގާމު ފުރުއްވަމުން ގެންދަވާ ނުއުމާން ހަވާރަވިކަން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީންވެސް މިރޭ ވަނީ އާންމުކޮށްފައެވެ. ނަމަވެސް އޭނާ އަވަހާރަވި ސަބަބެއް ސާފެއް ނުވެއެވެ.
ކަސްޓަމްސްގެ އިސްވެރިއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުއުމާން އައްޔަނު ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ.
ނުއުމާން އަވަހާރަވީ، ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއް ކުރައްވަން އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ކިޑްނީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ނުއުމާން އިންޑިއާގައި އުޅުއްވާތާ އަށެއްކަ މަސް ވެދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސ. ހިތަދު އަށް އުފަން ނުއުމާން އަކީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. އަދި އޭނާ އަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް ވެސް މެއެވެ.
އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ނުއުމާން ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު