ދ. އަތޮޅު ''ވައްލަ'' އަކީ އެ އަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް މިކަން ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134ވަނަ މާއްދާގެ (ހ)އިން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި "ވައްލަ" ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވީ މިއަހަރު މާރޗު މަހު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއީ ދ. ކުޑަހުވަދޫގެ އިޤްތިޞާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް ނިންމެވި ނިންމެވުމެއްކަމަށް އެދުވަހު ރައީސް ވިދާޅުވިއެވެ.
ރަށްރަށުގެ އިޤުތިޞާދަށާއި ރަށު ފަތުރުވެރިކަން ފުޅާކުރުމަށް ރައީސް ގެންދަވަނީ މިގޮތަށް ބައެއް ރަށްރަށުގެ އިޙުތިޞާސްގައި ފަޅުތަކާއި ރަށްތައް ހިމަނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު