ގދ. ކާޑެއްދޫ ރީޖަނަލް އެއަރޕޯޓާ ގުޅިގެން މި ދުވަސްވަރު ދައުރުވަމުންދާ ޚަބަރުތަކަށް ރައްދު ދެއްވައި، ވިލާ ގްރޫޕްގެ ޗެއަރމަން އަދި ވިލާއެއަރގެ ވެރިޔާ، ޤާސިމް އިބްރާހީމް ބަޔާނެއް ނެރުއްވައިފިއެވެ.
މި ބަޔާނުގައި ވަނީ އެއަރޕޯޓް ހިންގަން ވިލާއާ ހަވާލުވި ގޮތާއި، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އެއަރޕޯޓް އަތުލިގޮތާއި، އެއާ ގުޅިގެން ކުރި ޤާނޫނީ ހަނގުރާމަ އަދި މިހާރުގެ ސަރުކާރާ އެއަރޕޯޓް ހަވާލުކުރަން ނިންމި ސަބަބުތައް ތަފްޞީލުކޮށް ދެއްވާފައެވެ. އަދި މި ބަޔާނުގައި ޤާސިމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ލިބިލެއްވި އަނިޔާތަކުގެ ވާހަކަދައްކަވައި، އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
ވިލާ އެއަރއަށް ކާޑެއްދޫ އެއަރޕޯޓް ލިބުނު ގޮތް:
ޤާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި، 1993 ވަނަ އަހަރު ހުޅުވި ކާޑެއްދޫ ރީޖަނަލް އެއަރޕޯޓް ގެއްލުމުގައި ހިންގަމުން އައިސް، 2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަށް ހިންގުމަށް ހުޅުވާލި ޓެންޑަރުން ވިލާ އެއަރއަށް އެ ފުރުޞަތު ލިބުނީ ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިގެންނެވެ. އެއަރޕޯޓާ ހަވާލުވުމަށްފަހު، ރާއްޖޭގެ ސިވިލްއޭވިއޭޝަން މިންގަނޑުތަކަށް ފެތޭގޮތަށް ކަރަންޓް ޖަނަރޭޓަރު، ފެންސް، އިދާރީ ހިންގުމުގެ ސާމާނު، ފަޔަރ ޓެންޑަރު، އެމްބިއުލަންސް، އެކްސްރޭ މެޝިން، ޕަންޕު ފަދަ އެތައް އިންވެސްޓްމަންޓެއް ވިލާއިން ކޮށްފައިވެއެވެ. އަދި ރަންވޭގެ ރެނދުތައް މަރާމާތުކުރުމަށްވެސް ބޮޑު ޚަރަދެއް ކުރެވުނެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެއަރޕޯޓް އަތުލުން:
2017 ވަނަ އަހަރު، ރާއްޖެއިން ބޭރުގެ ޕާޓްނަރަކާ އެކު ކާޑެއްދޫ އެއަރޕޯޓް 150 މިލިއަން ޑޮލަރު ޚަރަދުކޮށް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމަށް ޕްލޭންކޮށް، ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް ބަދަލުކުރުމަށް އެދިފައިވަނިކޮށް، ރައީސް ޔާމީންގެ ސަރުކާރުން އެކި ބަހަނާތައް ދައްކައި، ޢަދުލުވެރި ބަދަލެއް ނުދީ ފުލުހުން މެދުވެރިކޮށް ވިލާ އެއަރ އަތުން އެއަރޕޯޓް އަތުލިއެވެ. ޤާސިމް ވިދާޅުވީ މިކަން ކުރީ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށް ލަމުން ދާތީ އެކަމާ އޭނާ ބަސްބުނުމުން ކަމަށެވެ.
މި މައްސަލަ ވިލާއިން ސިވިލް ކޯޓަށް ހުށަހެޅުމުން 2018 ވަނަ އަހަރު ވިލާ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމިއެވެ. މި ނިންމުން 2022 ވަނަ އަހަރު ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައި ނިހާއީ ހުކުމަކަށް ވެގެން ދިޔައެވެ. ރައީސް ޔާމީންގެ ސަރުކާރުން ކާޑެއްދޫ އެއަރޕޯޓް އަތުލުމުގެ އިތުރުން 199 މިލިއަން ޑޮލަރުގެ ޓެކްސް އެބަހުރި ކަމަށް މީރާއިން ނިންމައި ވިލާއަށް އެތައް އަނިޔާއެއް ދިން ކަމަށްވެސް ޤާސިމް ފާހަގަކުރެއްވިއެވެ.
އަލުން އެއަރޕޯޓް ހަވާލުވުމާއި މިހާރުގެ ސަރުކާރަށް ހަވާލުކުރުން:
2022 ވަނަ އަހަރު އެއަރޕޯޓް އަލުން ވިލާއާ ހަވާލުކުރުމަށް މަސައްކަތް ފެށުނެވެ. އަލަށް ހެދުނު އެއްބަސްވުމުގައި، 7 އަހަރު (2023-2030) ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުކޮށްފިނަމަ، މުއްދަތު 99 އަހަރަށް އިތުރުކުރުމަށް އެއްބަސްވެވުނެވެ. ނަމަވެސް، 2020 ގެ ކޮވިޑް ވަބާގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިކަމާއި، މާމިގިލީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ދިއުމުގެ ސަބަބުން ކާޑެއްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ފެށުން ލަސްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 އަދި 2024 ގެ އިންތިޚާބުތަކުގައި ގދ. ތިނަދޫގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އަޅުއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާތީ، ސަރުކާރުގެ ބޭނުން ދެނެގަތުމަށް ވިލާއިން މަޑުކުރިއެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު، ސަރުކާރުގެ ވަޒީރުންނާ ބައްދަލުކުރައްވައި، ރައީސް މުޢިއްޒުގެ ބޭނުންފުޅަކީ ކާޑެއްދޫ ލަސްނުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުންކަން ޤާސިމަށް އެނގިލެއްވިއެވެ.
ރައީސް މުޢިއްޒަކީ ޤާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފައި، އަނިޔާދޭފަދަ ބޭފުޅަކަށް ނުވާތީ، އެމަނިކުފާނުގެ ސަރުކާރުން އިސްކަންދެއްވީ ޤާނޫނީ މަރުޙަލާގެ ތެރެއިން އެދެވޭ ބަދަލެއް ދިނުމަށްފަހު ވިލާ އެއަރގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނެގޮތަކަށް ޢަމަލުކުރުމަށެވެ. މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި، ކުރެވުނު މަސައްކަތްތަކާއި، ތަރައްޤީކުރުމަށް އެކަށައަޅާފައިވާ ޕްލޭންތަކަށް ބަލައި، އިޙްތިރާމް ލިބިގެންވާ އޮޑިޓް ފާމެއް ކަމުގައިވާ "އާނެސްޓް އެންޑް ޔަންގް" މެދުވެރިކޮށް ޕްރޮޖެކްޓްގެ ވެލިޔުއޭޝަން ހެދުމަށްފަހު، އެއަރޕޯޓް އަނބުރާ ސަރުކާރާއި ހަވާލުކުރުމަށް ވިލާއިން ހުށަހެޅިއެވެ. ސަރުކާރުން ދެއްވި ކައުންޓަރ އޮފަރ ވިލާއިން ވަނީ ޤަބޫލުކޮށް، އެގްރީމަންޓް ރުހުން އޮތްކަމަށް ބުނެ، މިހާރު އެ ސިޓީ ޢާންމުކުރެވިފައިވެއެވެ.
ރައީސް ޔާމީނަށް ޤާސިމްގެ ރައްދު:
ޤާސިމް އިބްރާހީމްގެ ބަޔާނުގައި ރައީސް ޔާމީންގެ ދަޢުވާތަކަށް ވަރުގަދަ ރައްދެއް ދެއްވިއެވެ. "ވިލާއަށް ނުހައްޤު ބަދަލެއްދެނީ" ކަމަށް ބުނެ ރައްޔިތުންނަށް ރައީސް ޔާމީން އޮޅުވާލާފައިވާ ކަމަށާއި، ރައީސް ޔާމީނަކީ ޒާތީ ހަސަދަވެރިއެއްކަން އެނގިހުރެވެސް 2013 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވެރިކަމަށް ވަޑައިގަނެވުނީ ޤާސިމްގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް މައުމޫންގެ އެދިލެއްވުމާއި، ޤައުމަށް ހެޔޮގޮތް އެދިގެން ތާއީދު ކުރެއްވިކަން ޤާސިމް ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޤާސިމާއި، އޭނާގެ ދަރިފުޅު އިބްރާހީމް ސިޔާދު ޤާސިމަށް އެއްވެސް ހެތްކެއް ނެތި ޖަލަށްލައި އަނިޔާކުރި ކަމަށްވެސް ޤާސިމްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ފާރިސް މައުމޫނާއި، ޔުމްނާ މައުމޫނުގެ ފިރިކަލުން މުޙައްމަދު ނަދީމް ވެސް އެއްވެސް ކުށެއް ނެތި ޖަލަށްލިކަން ފާހަގަކުރައްވައި، ރައީސް ޔާމީނަކީ ނުރުހުމެއް ދިމާވެއްޖެނަމަ ކޮންމެ ފަދަ ކަމެއްވެސް ހިންގާފާނެ ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދީފައިވާ ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު