ގދ. ތިނަދޫން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދަން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބެންޖެހޭ 29.8 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. މި އިއުލާނާއެކު ކުލި ނުދައްކާ ބިންތަކުގެ ތަފްސީލް ހިމެނޭ ލިސްޓެއްވެސް ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
ބިމު ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ ފަރާތްތަކުގެ އެ ލިސްޓުގައިވާ ގޮތުން އެއީ 42 ބިމަކުން ކައުންސިލަށް ނުލިބި ހުރި ފައިސާގެ އަދަދެވެ. އޭގެ ތެރެއިން ހަ ބިމެއްގެ ކުލި ނުލިބިގެން ކައުންސިލުން މިހާރު ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.
ބިމު ކުލި މަހުން މަހަށް ދައްކަން ތިނަދޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ނުދައްކާ ހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ފަށާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު