ނޫސްވެރިކަމާއި މީޑީއާތަކުގެ ބާރުތައް ހަނިވާގޮތަށް ފަރުމާކޮށްފައިވާ މީޑިއާ ބިލް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ އޮންނަ ޖަލްސާއަކީ ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެކެވެ. އެ ޖަލްސާގެ އެޖެންޑާ މިހާރު މެންބަރުންނަށް ފޮނުވާފައިވާއިރު އެ ބިލަށް ބަހުސްކުރުމުގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ވޯޓަށް އެހުންވެސް ހިމަނާފައިވެއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު އޮތީ ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒު މީޑިއާތަކަށް ފޯރުވައި، މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށެވެ.

އެގޮތުން، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ތިން މެންބަރަކު ކޮމިޝަނުގައި ހިމަނާގޮތަށް ބިލުގައި ހިމަނާފައިވެއެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ނޫސްތަކާއި މީޑިއާތަކަށް ފިޔަވަޅު އެޅޭގޮތަށް އޮތްއިރު މީޑިއާއަކުން ކުރާ ގާނޫނާ ހިލާފު މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާނަމަ އެ މީޑިއާއެއްގެ ރަޖިސްޓްރީ ވަގުތީގޮތުން ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ދީފައިވެއެވެ.

މި ބިލާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ނޫސްވެރިންދަނީ ފާޅުކުރަމުންނެވެ. ހާއްސަކޮށް މި ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ނޫސްވެރިން ވެސް ބުނަމުންދަނީ ބިލްގެ ސަބަބުން މިނިވަން ނޫސްވެރިކަން 20 އަހަރު ފަހަަތަށް ސޮއްސާލައިގެން ދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް