މީޑިއާތައް ރެގިއުލޭޓުކޮށް ކޮންޓްރޯލު ކުރުމުގެ ގޮތުން ސަރުކާރުން އަޑީގައި އޮވެގެން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމުން އެ ބިލު އަނބުރާ ގެންދަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލު މަޖިލީހުން އިއްޔެ ބަލައިގެންފައިވާއިރު، އިއްޔެއިންސުރެ އެ ބިލާ ގުޅިގެން ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ކުރަމުންނެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި ބިލުގެ މައިގަނޑު ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުން ކަމަށެވެ. އަދި މިއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ބިލުގައި ހުރި މާއްދާތައް އެ އޮފީހުން ދިރާސާކޮށްފައިވާ ކަމަށާއި، މި މަސައްކަތާ ގުޅޭގޮތުން މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި ކުރެވިފައި ހުރި މަސައްކަތްތަކާއި އެކިއެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް ބަލާއިރު، މިހާރު ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް ދެކޭކަމަށް އުޝާމް ވިދާޅުވިއެވެ.
އަދި މި ބިލު އަނބުރާ ނަގަން ޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ބަންޑާރަ ނައިބު ވިދާޅުވީ މި ބިލާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ދިރާސާ ކުރަށްވާނެ ކަމަށާއި، އޭގެ އަލީގައި ބިލަށް ގެންނަންޖެހޭ އިޞްލާހުތައް ގެނެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު