ސަރުކާރުން ތާއީދުކޮށްގެން ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ،ކޮންޓްރޯލުކުރުމުގެ ބިލަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކާ ޚިލާފު ބިލެއް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލާ ފާޠިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، މި ބިލާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ދިޔާނާ ފާހަގަކުރެއްވި ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ލިބިގަތުމާއި، މައުލޫމާތު ހާމަކުރުމާއި، މައުލޫމާތު ފެތުރުމުގެ ހައްގަކީ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކެކެވެ. ގާނޫނުއަސާސީގައި މިފަދަ ހައްގުތައް ހިފެހެއްޓޭނެ މިންގަނޑުތައް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެ މިންތަކުން ބޭރުވާ ބިލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
"މިހާރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ލިބިގަތުމާއި މައުލޫމާތު ހާމަކުރުމާއި މައުލޫމާތު ފެތުރުމުގެ ހައްގަކީ އެއީ އަސާސީ ހައްގެއް. އަސާސީ ހައްގުތައް ހިފެހެއްޓޭނެ މިންގަނޑުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އެބައޮތް. އެހެންވީމާ އެ މިނުން ބޭރުވާ ބިލެއް ކަމަށް އަޅުގަނޑަށް ވެސް މިހާތަނަށް ބެލިބެލުމުން ވެސް ސާފުވަނީ،" ދިޔާނާ ވިދާޅުވިއެވެ.
އޭނާ ވަނީ މިކަމަށް ސަރުކާރުން ހައްލެއް ހޯއްދަވައިދެއްވުމަށް ގޮވާލައްވާފައެވެ. އަދި މިކަމަށް ހައްލެއް ނުލިބިއްޖެނަމަ، ދެން އޮންނާނީ ކޯޓުގެ ދޮރުގައި ޓަކިޖެހުން ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. "އެހެންވީމާ އެމަގުގައި މަސައްކަތްކުރަމާ،" އޭނާ ވިދާޅުވިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވާ ބިލުގެ މަޤްޞަދަކީ ނޫސްވެރިކަން ރެގިއުލޭޓްކުރުން ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން ދަނީ މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ޚިޔާލުފާޅުކުރުމުގެ ޙައްޤަށް ހުރަސް އަޅާނެ ބިލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ބަލައިގަތީ ވެސް ވަކިވަކި ނޫސްވެރިންނާއި، މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަނުންނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުންނާއި، ޤާނޫނީ ވަކީލުންނާއި، އާންމުންގެ އެކި ފަރާތްތަކުން ވެސް މި ބިލުގައި ހުރި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެފަދަ ކަންތައްތަކުގެ ސަބަބުން ބިލު ބޭރުކުރުމަށް ގޮވާލަމުން ދަނިކޮށެވެ. އަދި ގިނަ އަދަދެއްގެ ނޫސްވެރިން ރައްޔިތުންގެ މަޖިލީސްކުރާގޭގެ ދޮށުގައި މުޒާހަރާކޮށް އިހުތިޖާޖު ވެސް ކުރަމުން ގެންދަނިކޮށެވެ.
މި ބިލާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ސަރުކާރުންނާއި މަޖިލީހުގެ މެންބަރުން މި މައްސަލައަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އެހެނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤަކީ ޑިމޮކްރަސީގެ އަސާސްތަކުގެ ތެރެއިން އެންމެ މުހިންމު އެއް އަސާސް ކަމުގައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު